ކޮވިޑް ބަޔަށް ރާއްޖޭގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ބަލީގައި ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ. ނިޔާވެފައި ވަނީ ހދ. މަކުނުދޫ ހޮސްޕިޓަލަށް ގެންދިޔަ މީހެއްކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 297 އަށް އަރާފަ އެވެ.
ކޮވިޑް ބަލީގައި އިއްޔެވެސް ދެ މީހަކު ނިޔާވި އެވެ. އެ ދެ މީހުންނަކީ ވެސް ށ އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި ދެ މީހުންނެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ 15،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، 20 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފޮނި އެއްޗެހި ކާހިތްވުން ކުޑަކުރަން ކުރެވިދާނެ 8 ކަމެއް
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ފިއުލް ސްޓޯރޭޖްތައް ގާއިމްކުރަން ދެ ފަޅެއް ބަލަނީ