ހދ. ނައިވާދޫ ފެރީ ޓާމިނަލް އަޅަން ބޭނުންވާ ތަކެތި ހިފައިގެ ދިޔަ ލޭންޑިން ކްރާފްޓެއް އެ ރަށު ފަރަށް އަރައިފި އެވެ.
ރޭ ފަތިހު 5:30 ކަންހާއިރު ނައިވާދޫ ފަރު މައްޗަށް ބީހިފައި ވަނީ އެމްޓީސީސީގެ ލީމާ 1 ލޭންޑިން ކްރާފްޓެ ވެ.
އެރަށުގެ ކައުންސިލް މެންބަރު ފަރްޒާ އަލީ ވިދާޅުވީ ފަރަށް އެރި ލޭންޑިން ކްރާފްޓް މިއަދު ހެންދުނު 8 ޖެހިއިރު ފުންކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ލޭންޑިން ކްރާފްޓް ފަރަށް އެރީ ނެރުގެ ވާތްފަޅިން ތޮށިގަނޑާ ކާރިން ނެރަށް ވަންނަން އަނބުރާލުމުން ކަމަށެވެ.

ނަތަންޔާހޫ ދިރިހުރިނަމަ އޭނާ ހޯދާ މަރާލާނަން: އީރާން
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
ރާއްޖެއިން ހަރަދުކުޑަކުރުމުގެ ބަދަލުގައި ހަރަދުތައް ވަނީ ބޮޑު
