ގާނޫނުއަސާސީ އަށް ހުށަހަޅަން ވެރިކަންކުރާ ޕާޓީ އެމްޑީޕީން ގަވައިދު ތަކަށް ގެންނަން ގަސްދުކުރާ ގަސްދުކުރާ އިސްލާހުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ޖެހޭނީ ކުއްލިއަކަށް ނޫން ކަމަށާ ދިރާސާއެއް ހަދައި މަޝްވަރާކުރަން ޖެހޭ ކަމަށެވެ
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިގޮތުގައި ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލެމެންޓްރީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް ވަނީ އެކުލަވާލާފަ އެވެ. ނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން ބޭނުންވާ ގޮތަށް އެކުލަވާލުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.
އޭގެ ތެރެއިން ފާހަގަ ކޮށްލަންޖެހޭ ބައެއް އިސްލާހު ތަކުގެ ތެރޭގައި ރާއްޖޭގައި ވެރިކަމުގެ ނިޒާމު ކަމުގައިވާ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ތާރީހެއް ކަނޑައެޅުމަށްޓަކައި ކޮންގްރަސްއެއް ބޭއްވުން ހިމެނެ އެވެ.