އުމުރުން ފަސް އަހަރުގެ ރަޔާން ނިޔާވެ އޭނާގެ ޖަނާޒާ ބޭއްވިތާ ދެހަފްތާ ވެއްޖެ އެވެ. އެ ދުވަހުން ފެށިގެން އޭނާގެ މަހާނަ ކައިރީގައި ކަޅު ކުލައިގެ ކުއްތާއެއް މެދުނުކެނޑި އޮންނަ ތަން ފެނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްތާއަކީ ރަޔާން ދުނިޔޭގައި ހުރި އިރު ކާންދީ ހަދައި ވަރަށް ލޯބިން އަޅާލި ކުއްތާ އެކެވެ.
ރަޔާންގެ ޖަނާޒާގައި ބައިވެރިވި އާއްމުން ބުނި ގޮތުގައި ޖަނާޒާ ތަރޭގައި ވެސް އެ ކުއްތާ ވަނީ ރަޔާންގެ ސަންދޯއް ކައިރީގައި އޮވެ ރަޔާންއަށް އެންމެ ފަހުގެ ސަލާން ކޮށްފަ އެވެ.
ތުއްތު ރަޔާން މަރުވެފައި ވެފައިވަނީ ކުޅެން އުޅުމުގެ ތެރޭގައި ނުވަ އިންޗި ފުޅާ އަދި 33 ފޫޓު ދިގު ވަޅަކަށް ވެއްޓި ތާށިވިތާ ފަސް ދުވަސް ފަހުންނެވެ. ރަޔާން ސަލާމަތް ކުރަން މޮރޮކޯގެ ސަރުކާރުން ހިންގި ބޮޑު އޮޕަރޭޝަނަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.
ރަޔާން ދިރިއުޅުނު ސަރަހައްދުގެ އާއްމުން ބުނި ގޮތުގައި ރަޔާންއަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ވަރަށް ކަމޭހިތައި ލޯބިވި ކުއްޖެކެވެ. އޭނާއަކީ ޖަަނަވާރުންނަށް އެހީވުމުގައި ފާހަގަކޮށްލެވޭ ކުއްޖެއް ކަމަށް އާއްމުން ބުނެ އެވެ.
އެހެންކަމުން ރަޔާންގެ މަރާއެކު އޭނާ އަޅާލަމުން ގެންދިޔަ ކުއްތާއެއް ވަނީ ރަޔާންއަށް އޭތީގެ ވަފާތެރިކަނަ ދައްކުވައިދީފަ އެވެ. ދުނިޔޭގައި ރަޔާން އެއ އެއްޗަށް ދިން އަޅާލުން ފާހަގަކޮށް އޭނާގެ މަހާނަ ކައިރީގައި ކުއްތާ އޮންނަ މަންޒަރަކީ ޖަރުބާތީ މަންޒަރެކެވެ.