ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތްގެ ރިއާލިޓީ ޝޯ "ލޮކް އަޕް"ގެ ޓީޒާ ދައްކާލައިފި އެވެ.
މިއަދުގެ ވަގުތެއްގައި ލޮކް އަޕްގެ ޓީޒާ ދައްކާލާފައި ވާއިރު، އޭގައި ފެނިގެންދަނީ ކަންގަނާ އޭނާގެ ހަޔާތާ ގުޅިގެން ބައެއް ވާހަކަތައް ދައްކާ މަންޒަރެވެ. އެގޮތުން ނެޕޮޓިޒަމްއާ ގުޅުވައި އޭނާއަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ޖަލަށް ލުމަށް ޕޮލިހުންނަށް ބަޔަކު މައްސަލަ ހުށަހެޅި ކަމަށްވެސް ޓީޒާގައި އޭނާ ކިޔައިދެ އެވެ.
އެހެންނަމަވެސް ދެން އޮތީ ކަންގަނާގެ ފަހަރު ކަމަށް އޭނާ ޓީޒާގައި ބުނެ އެވެ.
އޭގެ އިތުރުން ކަންގަނާ ގެނެސްދޭ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު 16 ފަންނާނުން ހިމަނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެމީހުންނާއެކު ހިނގާނީ ކަންގަނާ ބޭނުންވާ ކަންކަން ކަމަށް ޓީޒާގައި އޭނާ ބުނެފައިވެ އެވެ.
ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
