ރާއްޖެއާއި ތުރުކީ އާ ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ދަނޑުވެރިންނަށް ތަމްރީނު ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވްޝަގްލޫގެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީގެ ފަރާތުން މިނިސްޓަރު ޝަވްޝަގްލޫ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެގްރިކަލްޗާ ޑރ. ހުސެން ރަޝީދު ހަސަން އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ އަންނަ ހަފްތާގައި ކައިވެނި ކުރަނީ
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
ފާޑުކިޔާ މީހުންނަށް ކަންގަނާގެ "ފިލްމީ" ރައްދެއް!