ކޮވިޑް-19 ޖެހިގެން 88 އަހަރުގެ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މެންދުރު ފަހު 3:50ގައި މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންގެންދިޔަ މީހެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މަރުވި 39ވަނަ މީހާ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މިމަހު މަރުވި ފުރަތަމަ މީހާ އެވެ. އެންމެ ފަހުން ކޮވިޑް ޖެހިގެން މަރުވީ ދ. ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 60 އަހަރުގެ މީހެކެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 39 މީހަކު މަރުވިއިރު 56 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެ އެވެ. މިހާތަނަށް މި ބަލި 11،893 މީހަކަށް ޖެހިފައިވެ އެވެ.

ރޯދަ މަލާފަތް: އަނގަައަށް މީރު ކަނަމަދު ކޭކު!
އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
ރޯދަ ހިފުމާ ބެހޭގޮތުން ނޯރާ ބުނީ ކީކޭ؟