ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ މީހަކު މިއަދު ނިޔާވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ނިޔާވެފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ސެންޓު އާދަމް މަނިކު އެވެ.
އުމުރުން 73 އަހަރުގައި އާދަމް މަނިކު މަރުވެފައި ވަނީ ކޮވިޑް ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.
މިއާއެކު މިބަލީގައި މިމަހު މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ. އަދި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 273 އަކަށް އަރާފަ އެވެ.
ކޮވިޑުގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މޭ މަހުގައެވެ. އެ މަހު 88 މީހަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފަ އެވެ.
ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 57 މީހަކަށް ފަރުވާ ދެމުނެވެ.
އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި
އަމިއްލަ ކުންފުނިތަކުގެ އިމްޕޯޓް 14 ޕަސެންޓަށް އިތުރުވެއްޖެ
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
