ގޭތެރޭގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ ސާމާނު ލިބޭ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލެ ސަހަރާ ކައިރީގައި ސައިމާ ހިނގުމުގައި ހުންނަ ހޯމްއެމްވީ ގޭތެރޭގައި ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ކަރަންޓް ސާމާނާއި ތެލި، ތަށި، މަސައްކަތްކުރަން ގެންގުޅޭ އެކި ކަހަލަ ސާމާނުގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ކަހަލަ ތަކެތި ވެސް ހޯމްއެމްވީ އިން ލިބެން ހުންނާނެ އެވެ.
މި ފިހާރައިގެ ވެބް ސައިޓް މެދުވެރިކޮށް ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މި ފިހާރާގައި ހުންނަ ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ހޯމްއެމްވީން ބުންޏެވެ.
މީގެ އިތުރުން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މާލެ އާއި ހުޅުމާލެއަށް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ފިހާރައިން ބުނެ އެވެ. ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7824450 ނުވަތަ 7771715 ގުޅުމުން ޑެލިވަރީގެ އިންތިޒާމު ހަމަޖެހޭނެ އެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓާސް"
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އަންނަ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިވެވޭނެ