ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ސިފަކޮށް ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރާފާނެކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާކަމަށް ދޮގު ހަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިހާދު”ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މިހަރަކާތުން މަސައްކަތްކުރަމުން ދާކަމީ ހާއްސަ ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރާކަމަށް އެޕާޓީން ބުނެ އެވެ.
އެމްޑީޕީން ބުނީ މެއި 6 ގައި ރައީސް ނަޝީދަށް ދީފައިވާ ޙަމަލާ އާއި ގުޅުންހުރި ފަރާތްތަށް އަދިވެސް ހޯދިފައިނުވާއިރު، ޓެރަރިސްޓް ޙަމަލާތަކަށް ދިވެހި މުޖުތަމަޢު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ހިދުމަތްތަކުން ހާމަކުރަމުންދާ ކަމަށެވެ. ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ އެ ޕާޓީއިން ނުދެކޭކަމުގައިވެސް ބަޔާނުގައިވެ އެވެ.
ބަލަ ފާޅުގައި ނޫންތަ ޑެންމާކްގައި ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކުރީ އަދި ބޯންޖެހޭނެ ކަމަށް ލައިވް ޓީވީގައި ބުނީ .މިވެސް ދޮގު ހަދައިގެން ބުނި ވާހަކައެއްތަ؟* # މިކޮމެންޓް ޖަހަން ކެރޭނެތަ؟
އިންޑިއާ މިލިޓަރީ މިތާ ތިބުމުގެ މައިގަނޑު ބޭނުމަކީ އެއީ މިރާއްޖޭގެ އިގްތިސާދުގެ ލޭބޯން ވެގެންނޭ މޮރިޝަސް އަށް ވެސް ވެފައި އެއޮތީ އެގޮތޭ މޮރިޝަސްގެ އަހުލު ވެރިން އެތިބެނީ ފަތް ބޮއިގެން ބިތްޖެހިފައޭ އިންޑިއާ މީހުންނޭ މޮރިޝަސްގެ މުޅި އިގްތިސާދު ކޮންޓްރޯލް ކުރަނީ މިގައުމުގައި ވެސް އިންޑިއާ އިން ކަން ކުރަން އުޅެނީ މިހެންނޭ އެއްގޮތަކަށް ވެސް އިންޑިއާ އިން ލޯން ނަގައިގެން ރާއްޖެތަރައްގީ ކޮށްގެންނުވާނެއޭ އެމެން ލޯން ފަސްވެސް ކޮށް ނުދޭނެއޭ ޗައިނާ ގޮތަށް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މިގޮތަށް ކިޔަން ފެށުނު ގޮތާ ސަބަބު ބަލާ އެކަންތައް ރިޕީޓް ނުކުރީމާ އެ މީހުން ހުއޓޭނެ.
މި ސަރުކާރުގެ ތަރައްގީގެ މިސްރާބު ތަފާތު، ފައިދާ ވާނީ ސީދާ ރައްޔިތުންނަށޭ އެހެންތޭ ހިޔާ ފްލެޓްސް ތަކުގެ މީހުންނަށް ޖެހުނީ އެފްލެޓްސް ތައް އިމާރާތް ކުރަން ކޮންމެ މީހަކު 10 މިލިއަން ރުފިޔާ ލޯން ނަގައިގެން އެތަން ހަދަން މާލެ ސަރަހައްދުން ގޯތިދޭނެ ކަމަށް އެމްޑީޕީގެ ވައުދުނާމާގެ 16 ވަނަ ސޮފްހާގައި ބުނަނީ ދެން ފަހެ މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ މީހަކަށް 1 ހެކްޓަރުގެ ބިމެއް މާލެ ސަރަހައްދުން ދީ ކޮންމެ މީހަކީ ޖަވާހިރުވަޅެއްގެ އަހުލުން ކަމުގައި ހަދާހުށިކަމޭ ކޮބާތޭ ވައުދު ފުއްދިފައި އިބޫ ކޮބާތޭ
މިސްކިތްތަކަށް ސީލަމުން اللهގެ ކަލާންފުޅަށް ކުޅުތަޅަމުން ދުވާ މީސް މީހުން ރާއްޖޭގެ އެތައް މިތަނުން އުފަންވެ އިސްލާމްދީނާ އަދާވާތްތެރި އަދުއްވުންކަން އަމިއްލަ ބަހުން ސާފުކޮން ބުނާ އެތައް ބައެއް އެބައުޅޭ އެ މީހުނެއް ކުއްވެރިއެއް ނުވޭ މަގުމަތީ އެއޮށްއުޅެނީ ދެން އައްނި އައްނިވެސް އިސްލާމްދީނުގައި ވާގޮތަށް މަރަށް މަރުހިފަން ނުފެއްނަ ކަމަށް ބުނެފައިވޭ….