ފެމިލީ ކޯޓުން އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭން ނިންމައިފި އެވެ.
އެ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ، އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭން އެކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ކޯޓުން ކުރާ ކައިވެނިތަކާއި، ކޯޓުން ބޭރުގައި ކުރާ ކޮންމެ ދުވަހަކު ވެސް ކައިވެނި ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މިގޮތުން ހެނދުނު 8:00 އިން ފެށިގެން މެންދުރު 11:30 އަށާއި، މެންދުރު 1:00 އިން 2:00 އާއި ހަމައަށް ކައިވެނިކޮށްދޭނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ނުރަސްމީ ގަޑިތަކުގައި ކައިވެނިކުރާނަމަ، ހަވީރު 4:00 އިން ރޭގަނޑު 9:30 އާއި ހަމައަށް ކައިވެނި ކޮށްދޭނެ ކަމަށް ވެސް އެކޯޓުން ވަނީ ބުނެފަ އެވެ. އަދި ރޯދަ މަހުގައި ކައިވެނި ކޮށްދޭނެ ދުވަސްތައް އެކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
