ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫއުގެ ދަށުން 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ކެޓަގަރީއަށް ފްލެޓަށް އެދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ދީފައިވާ މޮބައިލް ނަންބަރަށް ނުގުޅޭ މީހުންގެ އިތުރު ލިސްޓެއް އާންމުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ އެ ކެޓަގަރީގެ ފްލެޓަށް އެދިފައިވާ މީހުންގެ ތެރެއިން ދީފައިވާ މޮބައިލް ނަންބަރަށް ނުގުޅޭ 509 މީހެއްގެ ލިސްޓެއް އާންމުކޮށްފައެވެ.
މިފަހަރު ނެރުނު ލިސްޓުގައި 93 މީހެއްގެ ނަން ހިމެނެއެވެ.
މި ލިންކް ގައިވާ ފޯމު ފުރިހަމަކުރުމަށް ފްލެޓް ކޮމިޓީން ވަނީ އެދިފަ އެވެ.
ފްލެޓް ކޮމިޓީން ވަނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ބައެއް ގެޓަގަރީތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލޭ ދަފްތަރު ކެޓަގަރީން ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓާއި ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓެވެ.
ފްލެޓް ކޮމިޓީގެ މަސައްކަތް ލަސްވާކަމުގެ ޝަކުވާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހިޔާ ފްލެޓްތަކަށް އޭގެ ހައްގުވެރީންނަށް ވަދެވޭވަރު ވާނެ ކަމަށެވެ.