ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ކަރީނާ ވަނީ އޭނާ ޕޮޒިޓިވްވެފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފަ އެވެ.
ކަރީނާ އިންސްޓަގްރާމްގައި ބުނެފައި ވަނީ އޭނާ ގައިން ކޮވިޑްގެ އަލާމާތްތައް ކޮންމެ ވެސް ވަރަކަށް ފެންނަމުންދިޔަ ނަމަވެސް ހާލު ރަނގަޅު ކަމަށެވެ.
އޭނާ ބުނީ އެ އާއިލާ އާއި އޭނާގެ ހުރިހާ މުވައްޒަފުންނަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ކަމަށެވެ. އަދި އޭނާ އާއި ކޮންޓެކްޓުވެފައިވާ މީހެއް ނަމަ ޓެސްޓު ހެދުމަށް އެދިފައިވެ އެވެ.
ކަރީނާ އާއި އަމްރިތާ މިވަގުތު ތިބީ ހޯމް ކަރަންޓީނުގަ އެވެ.
މީގެ އިތުރުން ބޮލީވުޑްގެ ކުރީގެ އެކްޓަރު ސޮހެއިލް ޚާންގެ އަންހެނުން ސީމާ އާއި އެނާގެ އެންމެ ގާތް އެކުވެރިޔާ އަދި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު ކަރީނާ ވަނީ މީގެ ކުރިން ރާއްޖޭގައި ޗުއްޓީއެއް ވެސް ހޭދަކޮށްފަ އެވެ.