މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި ހުޅުމާލެ އިން ޑްރަގްގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި އެވެ.
ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންއާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ 48 ގަޑިއިރު ތެރޭ މަސްތުވާތަކެތި ބަންދުކޮށްފައިހުރި 119 ޕެކެޓް ހޯދާފައިވާ ކަމަށާއި މީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ ކަމަށެވެ.
"މިދިޔަ 48 ގަޑިއިރު ތެރޭ މަސައްކަތްކޮށް، ހެރޮއިން ކަމަށް ބެލެވޭ އެއްޗެހި ހުރި އިތުރު 91 ޕެކެޓްގެ ޑްރަގްސް ފުލުހުން ވަނީ ހޯދާފައި. މިއާ އެކު މިހާތަނަށް ފެނުނު ޕެކެޓްގެ އަދަދު ވަނީ 119 އަށް އަރާފަ. އާދީއްތަ ދުވަހުގެ ރޭ އަތުލި 28 ޕެކެޓާ އެކު މިހާރު ހުރި ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 119 ކިލޯ ހުންނާނެ،" ސީޕީ ހަމީދު ވިދާޅުވެފައިވެ އެވެ.
މީގެ ތެރެއިން 91 ޕެކެޓް ޑްރަގްސް ހޯދީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ޕާކްކޮށްފައި އޮތް ކާރެއްގެ ތެރެއިންނެވެ. އަދި 28 ޕެކެޓް ހިރޮއިން ހޯދީ މާލޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައިގެންނެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން އަދިވެސް ކުރިއަށް ދާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ
އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ އިންޑިއާ މަނަވަރު އޮޅާލާ
ތި ވަންނަ ދޮރުތައް ބަންދު ކުރުން މުހިންމު. ނޫނީ ތިހެން ގޮވާލަގޮވާލާ ތިބެންޖެހޭނީ.