ކޮފީއަކީ މިހާރު އަހަރުމެންގެ އާދެ އެކެވެ. ހޭލާ ގޮތަށް ކޮފީ އެކެވެ. ކެއުމުގެ ފަހުން ކޮފީ އެކެވެ. އޮފީހުގެ މޭޒުދޮށުގައި އިނދެގެން ވެސް ކޮފީ އެކެވެ. ދުވާލުގެ އެކި ވަގުތުތަކުގައި ކޮފީ ބޭނުން ކުރެވޭއިރު މި ވަގުތުތަކަކީ ކޮފީ ބޯން ރަނގަޅު ވަގުތެއްތޯ ވިސްނާލުން މުހިއްމެވެ.
އެގޮތުން ހުސް ބަނޑާހުރެ ނުވަތަ ހެނދުނުގެ ފުރަތަމަ ކަމަކަށް ކޮފީ ތަށްޓެއް ބުއިމަކީ އޭގެ ގެއްލުމާއި މެދު ވިސްނާލަން ޖެހޭ ކަމެކެވެ. ސަބަބަކީ އެއީ ސިއްޙީ ގޮތުން އެތައް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނަމުން ދިޔުމެވެ.
ނޭޝަނަލް ސެންޓާ ފޯ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަން އިން ހޯދި ހޯދުން ތަކުން ބުނާ ގޮތުންނަމަ ކޮފީގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ހިލަކޮޅުތައް އުފެދުމަށް މަގުފަހިވެގެން ދާކަމަށެވެ. އަދި މިކަން އެންމެ ބޮޑަށް ވެގެން ދަނީ ހައިބަނޑާ ހުރެ ކޮފީ ބުއިމުގެ ސަބަބުންނެވެ.
ދިރާސާގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮފީގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑްގެ މިންވަރު އިތުރުވެ، ހަޖަމްވުމަށް ހުރަސް އަޅަ އެވެ. އަދި ގުޮހޮރާއި ބަނޑުގެ ޓިޝޫތައް އެނދުމަށް މަގުފަހިވެ އެވެ. މިކަން އާއްމުކޮށް ވެގެންދާނީ ނާޒުކު ހަން ހުންނަ ފަރާތްތަކަށެވެ.
މިހޯދުންތަކާއި ގުޅިގެން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ.އެޑަމް ސިމޮން ބުނެފައިވާ ގޮތުގައި ދުވަހުގެ ފެށުމަށް ކޮފީ ބުއިމަކީ ގެއްލުން ހުރި ކަމެކެވެ. އެގޮތުން އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވުމަށް މަގުފަހިވެ ބޭރަށް ހިނގުމުގެ އަލާމާތްތަކާއި ކުރިމަތި ވެދާނެ ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ވިންދު އަވަސްވެ ހިތުގެ މަސައްކަތްތައް ބުރަވެ ލޭގެ ޕްރެޝަރު އަށް މައްޗަށްދެ އެވެ.
ހޯދުންތަކަށް ބަލާއިރު ދުވަހުގެ ފެށުމަކަށް ކޮފީ ބުއިމުގެ ސަބަބުން މީހާއަށް ނުތަނަވަސް ކަން އައުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ ހެނދުނު 8 އާއި 9 އާއި ދެމެދު ހަށިގަނޑު ހޭލެއްވުމަށްޓަކައި އުފައްދާ ހޯމޯންސްތަކަށް ކޮފީ ގެ ސަބަބުން އަސަރުކޮށް ގުދުރަތީ ނިޒާމަށް ގެއްލުންވެގެން ދިއުމެވެ. މީގެ ސަބަބުން ދުރުމުސްތަގްބަލް ގައި ކޮފީއާއި ނުލައި ހަށިގަނޑު ހޭނުލާ ގޮތްވެ އެވެ.
ކޮފީ އަކީ ޒުވާނުންގެ މެދުގައި މަޤްބޫލް އެއްޗަކަށް ވީނަމަވެސް އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހެ އެވެ. ކޮފީގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވެގެން ދާނަމަ އެކަމާ ވިސްނާލަން ޖެހެ އެވެ.