ކްލީކް ކޮލެޖުން މިއަދު ބޭއްވި އިވެންޓެއްގައި ދީނާ ކިލާފު ލަވަ ޖެހީ ގަސްދުގައެއް ނޫން ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ކްލިކް ކޮލެޖުން މިހެން ބުނީ އެކޮލެޖުގައި މިމަހުގެ ތިން ވަނަ ދުވަހު ސްޕޯޓްސް ފެސްޓިވެލްގައި އޮތް މާޝަލް އާޓްސް ހަރަކާތް ބޭއްވި ވަގުތު ލަވަ ޖެހިކަން ފާހަގަކޮށް އާންމުންގެ ބަޔަކު ފާޑުކިޔާފައި ވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ޑރ. މުހައްމަދު އިޔާޒް ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެ ގޮތުން މިފަދަ ކަންތަކުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭނެ ކަމަށާއި، މިކަންތަކުގެ ސަބަބުން ކޮލެޖަށާއި މުޖްތަމައުއަށް ލިބިދާނެ ގެއްލުން ތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅިގެން ކްލީކް ކޮލެޖުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ކޮލެޖުން މި އިވެންޓް ބޭއްވި ވަގުތު ލަވަ ޖެހީ ގަސްދުގައެއް ނޫން ކަމަށެވެ. އަދި މިކަން އިވެންޓްގެ ސައުންޑާއި ހަވާލުވެގެން ތިބި ފަރާތްތަކަށް އެނގުމާއެކު ފިޔަވަޅު އަޅާފައިވާނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
އެ އިވެންޓުގައި ޖެހި ލަވައިގެ ބާވަތަކީ އިސްލާމްދީނާ ހިލާފު ނަސާރާދީނަށް ގޮވާލުމަށް ބުނާ ލަވަތަކެއްކަން ފާހަގަކޮށް އާންމުންގެ ގިނަ ބަޔަކު ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. މިކަން ފާހަގަކޮށް އެކޮލެޖުން ވަނީ އެކަމަށް އެންމެހާ ރައްޔިތުންގެ ފަރާތުން މައާފަށް އެދިފަ އެވެ.
ޕުލޭ ލިސްޓެއް ހަދައި ޗެކު ނުކުރެވޭ ފެންވަރުގެ ބަޔަކު ކޮލެޖެއް ހިންގާތީ ޙައިރާންވޭ..އެކަން ކޮށްފައި މާފަށް އެކަނި އެދުމަކުން ނުނިމޭނެ. އެކަން ކުރި ބަޔަކަށް ލިބެންޖެހޭ ގާނޫނީ އަދަބު ލިބެން ޖެހޭނެ .އަދި އެބަޔަކާ ދޭތެރޭގައި ކޮލެޖުންވެސް ފިޔަވަޅު އަޅަން ޖެހޭނެ
ޤަސްދުގައި ނޫން އޮޓޯއިންޖެހުނީ