2023 އަހަރާ ހަމައަށް ރިޔާސީ ނިޒާމެއް އޮތުމަށްފަހު އޭގެ ފަހު ރިޔާސީ ނިޒާމެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އާސްކް ސްޕީކާ ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރިއަށް އޮތް ރިސާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވާނަންތޯ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2023 ގެ އިންތިހާބަށް އެމްޑީޕީގައި ޕްރައިމަރީ އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގައި އެތެރޭގެ އިންތިހާބަކީ މުހިއްމު އިންތިހާބެއް ކަމަށާއި ރަނގަޅަށް ހިނގާ ސިޔާސީ ޕާޓީއެއް އޮތުމަކީ ރައްޔިތުންނަށް ބޭނުންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އާންމު ހާލަތު ރަނގަޅު ވާނީ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާވެގެންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ 2023 އަށް ފަހު ރިޔާސީ ނިޒާމެއް ނޯނާނެ ކަމަށެވެ.
"ދެހާސްތޭވީސްވަނަ އަހަރުގައި ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެނީ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށެވެ. މިކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ރަސްމީކޮށް ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ވެސް ބައްދަލުކުރެއްވިއިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއެކު ވެސް މި މަޝްވަރާތައް ކުރައްވާފައިވެ އެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށްޓަކާ ނިޒާމީ ވޯޓަކަށް ދިއުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
އެހެން މީިހުން ނޭދޭ ކަންތައްތައް ވެސް އެބަހުރި ބައިވަރު
ފަސްނަމާދުކޮށް ގިނައިން ދުޢާކުރައްވާ މަނިއްޕުޅައް ބޮޑުވަޒީރުކަން ލައްގާތޯ
ކެނެރީގެ ނަޝީދަށް ރައްޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ނުލިބޭނެ ކަން އޭނާ އަށް ޔަގީންވާތީވެ އޭނާ ބޭނުންވަނީ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ހޮވޭ ވޯޓްލާ ރައްޔިތުންގެ ކުޑަ ކުޑަ ފްރެކްޝަން އަކުން އަންނަ މީހުން އެއީ މަޖްލީހުގެ މެމްބަރުން ކަމުގައި ދެކިގެން އެމެންލާ ވޯޓް އިން ހޮވިގެން ވެރިކަމަށް އަންނަންއޭ އޭނާ ޖެހޭނީ މަޖްލީހުގެ ރައީސް ކަމުން ބޭރުކުރަން އެނޫން ގޮތެއް އޮވެގެން ނުވާނެއޭ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ