ސިވިލްސަރވެންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސިވިލް ސާވެންޓުން ކުރައްވަން ޖެހޭނެހާ ވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު ކަމަށެވެ.
"ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސާވެންޓެއް ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ. ސިވިލްސާވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނު ކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިޖުތިމާއީ އިންސާފަކީ ވަކިރަށެއް ފަރަގު ނުކޮށް ސަރުކާރުގެ ހިދުމަތްތައް ހަމަހަަމަކަމާ އެކު ފޯރުކޮށްދިނުމެވެ. ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައި ވާނީ ވެސް އެ ހަމަ ހިފަހައްޓަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސަބަބަކީ ޖުމްހޫރިއްޔަތަކީ އެންމެން އެކުވީމާ ކިޔާ ނަމެއް ކަމަށާއި އެއީީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގައި އެބަ އޮތް ކަމަށާއި ދުލާއި ގަލަމުގެ މިނިވަންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވަކި ރައްޔިތެއްގެ މައްޗަށް ސަރުކާރުން އިސްކުރާނެ ކަމެއް އޮތިއްޔާ އެެއީ އެންމެންގެ ލާބަ ކަމަށް ވެސް ވިދާޅުވި އެވެ.
"ފާއިތުވި 3 އަހަރަކީ މިމަގުން ސަރުކާރު ހިންގުމުގައި ވަރަށް ބޮޑު އިސްކަމެއް ދިން 3 އަހަރު. ދާދި ފަހުން އަޅުގަނޑު އަރިއަތޮޅު ގައިވެސް ދެންނެވިފަދައިން ރަނގަޅަށް ކުރަން ޖެހޭ ކަމެއް އޮތިއްޔާ ސަރުކާރަށް އެކަން ފާހަގަކޮށް ދެއްވާ. އެކަކު ދެކޭ ރަނގަޅު އެއީ އަނެކާ އަށް ގޯހަކަށް ވެދާނެ. އެހެން ނަމަވެސް، ޖުމްހޫރިއްޔަތޭ ކިޔަނީ އެހުރިހާ ބައިތަކެއް އެކުވެ އެމުނުމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށާއި އަދި އަޑު އަހާ ރިޢާޔަތްކުރާނެ ކަމަށެވެ. ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ ރައްޔިތުން އެދޭގޮތަށް، އެންމެނަށް ލާބައާއި މަންފާ ހުރިގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިބޫ ވަނީ އިންޑިއާ އަށް ރާްއްޖޭގެ މިނިވަން ކަން ވިއްކާލާ 200 މިލިއަން ޑޮލަރުގެ ކަޓެއް ކާލާފައޭ އިންޑިއާ އަތުން ރައީސް އިބޫ އަކީ އެއީ ގައުމަށް ގައްދާރުވެފައިވާ ބޮޑު ގައްދާރެކޭ އޭނާ މަގާމުން އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އަޒުލްކުރާށޭ އައި ޑިޑް ރިމައިންޑް ޔޫ އިޓް އޯލް އައި ވޮނާ ސޭ ދެޓް ދިސް ބްލަޑީ އިޑިއަޓް ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ