ހދ. ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައިފި އެވެ.
މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ. އަދި ދަނޑު ހުޅުވުމަށްފަހު ގައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ވެސް ރައީސް ސޯލިހު ބައްލަވާލެއްވި އެވެ. މި މެޗް 0-6 އިން ކާމިޔާބުކުރީ ގައުމީ ޓީމެވެ.
ކުޅުދުއްފުށީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާއިރު، ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރުކޭއެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާ އެވެ.
ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
"އެއާޕޯޓް ނާޅަން ނިންމި ނިންމުން ސަރުކާރުގެ ސިޔާސަތާ ހިލާފު"