ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސެލޫންތަކުގެ ވެރިންނާއެކު ބައްދަލު ކުރައްވާއިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން، އެފަދަ ދާއިރާތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިޅެން، ރައީސް ސޯލިހް ސެލޫންތަކުގެ ވެރިންނާއެކު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ކޮވިޑް ބަލިމަޑުކަމުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ސޯލިހް މިހާރު ގެންދަވަނީ، މިފަދަ ފަރާތްތަކަށް ދިމާވެފައިވާ ދަތި ތަކުން އަރައިގަތުމަށް " އީޒް ޕްލޭން" ތައްޔާރު ކުރައްވަމުން ކަމަށް ވެސް މަބްރޫކްގެ ޓުވީޓުގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ބޭއްވުނު ބައްދަލުވުމުގައި ވަނީ، ސެލޫންތަކުގެ ވެރިން ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައި ކަމަށާއި، އެކަންކަން ބައްލަވާ އެކަށޭނެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.
ދިވެހިރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ބަލިފެތުރުން ހަންމަތަކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިފިޔަވަޅުތަކާ ގުޅިގެން ސެލޫންތައް ބަންދުކޮށްފައިވާއިރު އެފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ.
އިންޑިއާއަށް ބަދަލުވި ސަބަބު މާދުރީ ބުނެދީފި
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އިތުރު ފްލެޓެއް ލިބޭނެ: ރައީސް
ސާވިސް ޗާޖަށް ލިބޭ ޑޮލަރު މާރުކުރުން މަނާކުރާ އިސްލާހެއް
ކިތެއްމެ ވަރެއްވިއަސް ރިއާސީ ޓިކެޓު ނުލިބޭނެހެން ހީވަނީ