ވެރިކަންކުރާ އެމްޑީޕީ ދެ ބަޔަކަށް ބެހުނީ ބައެއް ބޭފުޅުން ކެތްތެރިކަން ކުޑަވެ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ޕާޓީ ދެބައިވެފައިވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވިދާޅުވެފައިވާ މިދަނޑިވަޅުގައި ޕާޓީގެ އެއްބައި މެމްބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަމުންދާއިރު އަނެއް މެމްބަރުން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް ދަނީ އަޑު އުފުލަމުންނެވެ.
ޒައިދު މިއަދު ވިދާޅުވީ، އެއް ފެކްޝަނުގެ ވެރިޔާއަށް ނޭނގުނު ކަމަކީ ރައްޔިތުން ރައީސްޖުމްހޫރިއްޔާ ހޮވަނީ ފަސް އަހަރަށް ކަމަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ގަބޫލު ނުކުރާ ކެތްތެރިކަން ކުޑަ ފެކްޝަނަކަށް ދުވަހު ވެސް ތާއީދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ ދެބައިވެގެން އުޅެނީ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކުޑަވެ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން. އެމްޑީޕީގެ މި ދަންނަވާ ފެކްޝަންއަށް އެނގިނުލައްވަނީ ކަންނޭނގެ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ ހޮވާފައިވަނީ ފަސް އަހަރަށް ކަމެއް،" ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށަކަށް ހަދައި އެކަމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، އިސްލާހު އެމްޑީޕީން މަޖިލީހަށް ހުށައެޅުމާ އެކު ޝެއިހް ޒައިދު ވެސް ވަނީ އެކަމަށްވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.
އެގޮތުން ޒައިދު ވަނީ ލާދީނީ ބަސްތަކާއި ލާދީނީ އަމަލުތަކުން ދުރުވުމުން އެހެން ނުކިޔާނެ ކަމަށްވިދާޅުވެފަ އެވެ.
ބަލަ މިޒައިދު ވެސް ދީން އައްޑަނަޔަކަން ހަދާގެން ސަރުކާރައް ސަަނާކިޔާއިރު ސަރުކާރުން ހުށައެޅި ބިލާބެހޭ ގޮތުން އިޔާޒުމެން ޒައިދުމެން އިލިޔާސުމެން އަނގަވަނީ ފަހާފަތަ؟ ފުރޭނީތަ؟ވިކުނީތަ؟؟ސަރުކާރުން ކުރާކަމެން ނުފެނޭ؟؟އަބަދުވެސް ރައީސް ނަޝީދާ އަޅާގަނެ ނެއްޓެން ނޭގިގެން އުޅޭތަން މިފެންނަނީ؟އެއްބަޔަކައް ރަތް ؟؟ޕާސްޕޯރޓު؟؟ އަނެއް ބަޔަކަން އެހީތަ؟؟
އަންނި ވެރިކަމަށް ފެން ބޮވައިގެންފައު ހުރީ. އެމ.ޑީ.ޕީ.އާއެކު ދެން ދެވޭނީ މިނިކާ ދިވެހި ރާއްޖެއަށް.
މާބޮޑައް ވެސް ދަހިވެތިވީ