މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފަރތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
މި ކާނިވަލް ކުރިއަށްދާނީ 15 އިން 18 ޖުލައިގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ހަވީރު 04:00އިން ރޭގަނޑު 11:30އަށެވެ.
މި ގޮތުން، މި ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެ އެވެ. އަދި، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް ހިމެނެ އެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނެ އެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި، މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕަރޓްނަރެވެ.
ދިރާގުން ދަނީ މުޖުތަމައުގެ ގިނަ ބަޔަކަށް ބައިވެރިވެ ގުޅުން ބަދަހިކުރެވޭ ގޮތަށް ކުރިއަށްގެންދާ މި ފަދަ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އައިކޮމްގެ ވާޖިބަށް ހުރަސް އެޅުމުން ރައީސް އޮފީސް ޖޫރިމަނާކޮށްފި
ހޫތީން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފި
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
