ރޭގަނޑު ފެންވަރާލުމަށްފަހު، އިސްތަށިގަނޑު ރަނގަޅަށް ނުހައްކައި ތެތްކޮށް ހުރެ ނިދުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އާންމުކޮށް ކުރާ ކަމެކެވެ.

ނަމަވެސް، މާހިރުން ވިދާޅުވާ ގޮތުގައި މިއީ ބޮލުގެ ހަންގަނޑަށާއި އިސްތަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ، ނުރައްކާތެރި އާދަ އެކެވެ.

ތެތް އިސްތަށިގަނޑާއެކު ނިދުމުން މެދުވެރިވާ މައްސަލަތައް

  • ފަންގަސް އަދި ބެކްޓީރިއާ އުފެދުން: ތެތް އިސްތަށިގަނޑާއެކު ނިދުމުން ކަންނޭލުގައި ތެތްކަން ހިފަހައްޓަ އެވެ. ބާލީހުގެ ހޫނު މިނާއި ތެތްކަމަކީ ފަންގަސް އަދި ބެކްޓީރިއާ އާލާ ވުމަށް އެންމެ އެކަށީގެންވާ މާހައުލެވެ. މީގެ ސަބަބުން ބޮލުގައި ބިހި ނެގުމާއި، ހަންގަނޑު ކެހުމާއި، ތަފާތު އިންފެކްޝަންތައް މެދުވެރިވެ އެވެ.
  • އިސްތަށިގަނޑު ބަލިކަށިވެ ބިންދައިގެން ދިއުން: އިސްތަށިގަނޑު ތެތްކޮށް ހުންނައިރު، އިސްތަށީގެ "އިލާސްޓިސިޓީ" ނުވަތަ ދެމޭ މިންވަރު އިތުރުވެ، އިސްތަށިގަނޑު ވަރަށް ބަލިކަށިވެ އެވެ. ނިދާފައި އޮންނައިރު ބާލީހުގައި އިސްތަށިގަނޑު އުނގުޅުމުގެ ސަބަބުން އިސްތަށި ބިންދައިގެން ގޮސް، ފަސޭހައިން އިސްތަށި ފައިބާ ގޮތްވެ އެވެ.
  • އިސްތަށިގަނޑު ކިފުޅިވެ ބުޅިވުން: ތެތްކޮށް ހުރެ ނިދުމުން އިސްތަށިތަކުގެ ބޭރު ފަށަލަ ހަލާކުވެ، ހެނދުނު ހޭލާއިރު އިސްތަށިގަނޑު ބުޅިވެ، ތަރުތީބު ކުރަން އުނދަގޫވެ އެވެ.
  • އިސްތަށި ފޭބުމާއި ތަލަވުން އިތުރުވުން: ބޮލުގެ ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމުގެ ސަބަބުން، "ސެބޮރެއިކް ދަރމަޓައިޓިސް" ނުވަތަ ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ އިތުރަށް ގޯސްވެ އެވެ.

ޑޮކްޓަރުގެ އިރުޝާދު: ކުރެވިދާނެ ކަންކަން

  1. އިސްތަށިގަނޑު ރަނގަޅަށް ހިއްކުން: ރޭގަނޑު ފެންވަރާނަމަ، ނިދުމުގެ ކުރިން އިސްތަށިގަނޑު ވައިން ނުވަތަ "ޑްރަޔާ"ގެ މަޑު ހޫނުމިނެއް ބޭނުންކޮށްގެން އެކޮށް ހިއްކާށެވެ.
  2. ސިލްކް ނުވަތަ ސެޓިން ބާލީސް އުރަ ބޭނުން ކުރުން: ކޮޓަން ކަންނޭލު އުރައިގެ ބަދަލުގައި ސިލްކް ނުވަތަ ސެޓިން އުރަ ބޭނުން ކުރުމުން އިސްތަށިގަނޑުގައި އުނގުޅޭ މިންވަރު ކުޑަވެ، އިސްތަށި ބިންދައިގެން ދިއުމުން ރައްކާތެރި ކޮށްދެ އެވެ.
  3. އިސްތަށިގަނޑު ދޫކޮށްލައިގެން އޮތުން: ތެތްކޮށް ހުއްޓާ އިސްތަށިގަނޑު ބާރަށް އައްސައިގެން ނިދުމަކީ އިސްތަށީގެ މުލަށް ބާރުބޮޑުވެ، އިސްތަށި ފައިބަން މެދުވެރިވާ ކަމެކެވެ.