ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ފިރިކަލުން އަބްދުﷲ މުފީދު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.
ތ. ވޭމަންޑުއަށް އުފަން މުފީދަކީ ކުރިން އެ ރަށު ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ އިތުރުން ތ. އަތޮޅު އޮފީހުގައި ވެސް މަސައްކަތް ކުރައްވައި، ލޯކަލް ގަވަމަންޓް ދާއިރާގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ފުރުއްވަމުން ގެންދެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމެވެ.
ނަމަވެސް ދާދިފަހުން ސަރުކާރުން އެ މިނިސްޓްރީ އުވާލުމާ ގުޅިގެން، އެތަނުގެ މުވައްޒަފުން އެހެން އިދާރާތަކަށް ބަދަލުކުރިއިރު މުފީދުގެ މަގާމު ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރަށް މަތިކުރެވިފަ އެވެ.
މި ފަހުން ގެނައި ބަދަލުތަކާއެކު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމުގައި އާންމުންނަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިވެފަ އެވެ. މީގެކުރިން ރައީސް އޮފީހުގެ ވެބްސައިޓުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު ފެންނަން ހުރި ނަމަވެސް، މިހާރު އެ ބަދަލުތައް ވެބްސައިޓުން އުނިކޮށްފައިވާތީ އެ މައުލޫމާތެއް ނުފެނެއެވެ. މީގެ އިތުރުން، މިނިސްޓްރީތަކުގެ ރަސްމީ ވެބްސައިޓުތަކުގައި ވެސް ސިޔާސީ މުވައްޒަފުންގެ އެންމެ ފަހުގެ ލިސްޓުތައް އަދާހަމަކޮށްފައި ނެތުމުގެ ސަބަބުން، މި ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ކަށަވަރުކުރުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު
ސިވިލް ކޯޓު ގާޒީ ކަމަށް 42 މީހަކު ކުރިމަތިލައިފި
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
މުފީދު އަކީ ވޭމަންޑޫ މީހެއް
ރިޕްލައި