ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީއާއި ފުލުހުން ބަލަން ފަށައިފި އެވެ.

މިކަން ހިނގާފައިވަނީ އުތުރުގެ އަތޮޅެއްގެ ރަށެއްގަ އެވެ.

ޖެންޑާ މިނިސްޓްރީންނާއި ފުލުހުން މިކަމުގައި ރަސްމީ ބަހެއް ބުނެފައި ނުވިނަމަވެސް، މިފަދަ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ބަލަމުންދާކަން ވަނީ "ހުރިހާ" އަށް އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި މި އަމަލު ހިންގާފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. ފަޅު ރަށަކަށް ގެންގޮސް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ހަތަރު ކުއްޖަކަށެވެ.

މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ ކުދިންގެ ރައްކާތެރިކަމަށްޓަކައި މިފަދަ މައްސަލަތަކުގައި ރަށާއި ކުދިންގެ ތަފްސީލުތައް ހާމަ ކުރުމަކީ މަނާ ކަމެކެވެ.