ރަށްފުށުގައި މަސައްކަތް ނުކުރެވޭ ވަރަށް ހަލާތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި މި 55 ކައުންސިލް އިމާރާތް އެޅުުގެ މަސައްކަތް ހަވާލުކުރީ މެލެޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެވެ.
އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރީ އަލީ ޝަރީފް ސަރުކާރުގެ ފަރާތުން ސޮއިކުރީ ކައުންސިލްތަކާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އައިޝަތު މުނާ އެވެ.
ކައުންސިލް މިނިސްޓްރީން ބުނީ އެ މަސައްކަތް ހެކްސްޓާއާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ އަގު ހާމައެއް ނުކުރެ އެވެ.
ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ވަރަށް ދަށް ހާލުގައި ހުރި ގިނަ ކައުންސިލްތައް ރާއްޖޭގެ ރަށްރަށުގައި އެބަ ހުރިކަމަށާއި އެގޮތުން ޖުމްލަ 87 ކައުންސިލް އިމާރާތް އަޅަން ޖެހޭކަަމަށެވެ.
55 ކައުންސިލް އިމާރާތް އަޅަން ހަވާލުކުރި އިރު ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތެއް ތަރައްގީކުރަން ވެސް އޮތީ ނިންމައިފަ އެވެ.

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް