ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ދެ ޑްރައިވަރުން މިއަދު ދޫކޮށްލައިފި އެވެ.
ސަރުކާރުން ޓެކްސީ ދިނުމުގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ހުޅުމާލޭގަ އެވެ. އެ އިހުތިޖާޖުގެ ތެރެއިން ހުޅުމާލޭ ހައިވޭ ބަންދުކޮށް އިހުތިޖާޖުކޮށްފައިވެ އެވެ.
އިހުތިޖާޖުގެ ތެރެއިން ތިން ޑްރައިވަރުން ހައްޔަރުކޮށް އެއިން ދެ ޑްރައިވަރުން ފަސް ދުވަހަށް ބަންދުކުރުމަށް ނިންމާފައިވެ އެވެ.
އޭގެ އިތުރުން ހުޅުމާލޭ ހައިވޭއަށް ނޭރޭ ގޮތަށް ހައިވޭ ބަންދުކުރި ޓެކްސީތައް އެއް މަހަށް ފުލުހުން ވަނީ ހިފަހައްޓާފައި އެވެ.
އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހުވެސް އިތުރު ޑްރައިވަރަކު މި މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން އެ މީހުން ދޫކޮށްލަން ކޯޓުން ނިންމި ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން އުޅޭ ތަން ގަވާއިދުން ކޯޓަށް އެންގުމަށާއި އެއްބާރުލުން ދިނުމަށް ވެސް ޝަރުތު ކޮށްފައިވެ އެވެ.