ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ޑިސެމްބަރު 15 އާ ހަމައަށް ދިގު ދަންމައިލަން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު ނިމޭ ތާރީހު ބަދަލުކުރަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ތިންވަނަ ދައުރު ދަންމައިލަން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރުގެ މައްޗަށެވެ.
އެގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އޮވެ އެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު މި އަހަރުގެ ފަހު ދައުރު ނިމޭނީ ޑިސެމްބަރު 15 ގަ އެވެ.
ސްކޭމް ކޮށްގެން ރިސޯޓަކުން 250،00 ޑޮލަރު ފޭރިގެންފި
ބޯނަސްގެ ގޮތުގައި ޓޭލާގެ ޓީމަށް 197 މިލިއަން ޑޮލަރު!
އަހަންނަކީ އެހާ މޮޅު އެކްޓަރެއް ނޫން: ސަލްމާން