ދެކުނުގެ ރަށެއްގެ ދިޔ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މުދިމަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައުތު ސެންޓްރަލް ޕޮލިސް (މ.، ފ.، ދ.، ތ. އަދި ލ. އަތޮޅު)ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށްކަމަށާއި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނެއްކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންކަމަށްވެސް ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
މީކާއީލް ފައްޔާޒަށް: ޕާޓީ ހިންގައެއް ނުލެވުނު، ބޭނުމީ ބަދަލެއް
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި