ރޭގެ މަޣްރިބު ނަމާދު ނިމުނުތަނާ ހުޅުމާލެ ސަހަރާ މިސްކިތުގެ އިމާމަށް ވަޅިން ހަމަލާދޭން އުޅުނު މީހަކު ހުއްޓުވަން އުޅުނު ފުލުހަކަށް ހަމަލާދޭން އުޅުމާއި ގުޅިގެން ހިފެހެއްޓުމުން، ތިމަންނާ މީ ނަފްސާނީ ބަލި މީހެކޭ ބުނި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ދަނގެތި، ލިލީގެ، އުމުރުން 33 އަހަރުގެ ހުސެއިން ފާއިގް އެވެ.
ފުލުހުން އިއްޔެ ބުނީ އާއްމުންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް ހުޅުމާލެގައި ހަމަލާދޭން މަސައްކަތް ކޮށްފައިވާކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުން ފުލުހަކަށް ހަމަލާދޭން އުޅުމުން އޭނާ ހުއްޓުވުމަށް އެ ސަރަހައްދުގައި ތިބި އާންމުންނާއި ފުލުހުން މަސައްކަތް ކުރި އެވެ. އެވަގުތު އެމީހާ ކިޔަމުން ދިޔައީ "މަމީ ނަފްސާނީ މީހެއް" ކަމަށެވެ.
އޭނާ ފުރަތަމަ މިސްކިތް ތެރެއަށް ވަދެ އިމާމަށް ހަމަލާދޭން މަސައްކަތް ކުރުމަށްފަހު ބޭރަށް ނުކުމެ އޭނާ ހުއްޓުވަން އުޅުނު ފުލުސްމީހާ އަށްވެސް ހަމަލާދޭން އުޅުނު ކަމަށް މަންޒަރުދުއް މީހަކު ބުނެފައިވެ އެވެ.
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 5 ސަބަބެއް!
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!