ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތުގެ މެންޗެސްޓާގައި އޮންނަ ކައިވެނި ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ރޭ ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންވިކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް. ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
"ހުރިހާ" އަށް އެނގިފައިވާގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ މެންޗެސްޓާގައި ދިރިއުޅޭ ދިވެހި އާއިލާއެއްގެ ކައިވެނީގެ ހަފްލާއަކަށެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަން ވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކުރައްވާނީ ރައީސް މުއިއްޒު އަމިއްލަފުޅަށް ކަމަށެވެ.
އީރާނު ހަނގުރާމަ ނިމިފައިވާކަން ކޮންގްރެސްއަށް އަންގައިފި
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ