ކ.މާފުށީގައި ޑައިވިން އަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފި އެވެ.
ފުލުހުން މިއަދު ބުނީ މިޔަރު ހަމަލާ ދީފައިވަނީ އުމުރުން 45 އަހަރުގެ ޗައިނާއަށް ނިސްބަތްވާ އަންހެނަކަށް ކަމަށެވެ.
އޭނާއަށް މިހާރު ހުޅުމާލެ ގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުން ފަރުވާދެމުން ދާމަކަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ އެ މީހާގެ ބޮލަށެވެ.
މިޔަރު ހަމަލާތަކުގައި ބައެއް ފަތުރުވެރިންނާއި ދިވެހިންގެ ފުރާނަ ގެއްލިފައިވެ އެވެ.
އެގޮތުން މި އަހަރުގެ ޖޫން މަހު އެމްއެންޑީއެފްއިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން މޫދަށް އެރި އުޅުނު ސިފައިންގެ އޮފިސަރަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ވަނީ ނިޔާވެފަ އެވެ.
ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްފި
ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް ޕީއެންސީ ސެނެޓް މެމްބަރު ޝަހީދު
އޮރިޖިނަލް ކާސްޓުންނާއެކު "ތުރީ އިޑިއަޓްސް 2" ފަށަނީ!