ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވެއްޖެ އެވެ.
އޭނާ އުމުރުފުޅުން 78 އަހަރުގައި އަވަހާރަވީ އައިޖީއެމްއެޗްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ މެންދުރު ވަގުތެއްގައި އެވެ.
މުހައްމަދު ޔޫސުފް އަކީ 1970 އަދި 1980ގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޝިޕިން ވިޔަފާރި ކުރެއްވި ބޭފުޅެކެވެ.
މުހައްމަދު ޔޫސުފްއަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއުގެ ބައްޕާފުޅެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ. މުހައްމަދު ޔޫސުފް އަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހްސާންތެރިއްކަމަށް ރައީސް ވިދާޅުވި އެވެ.

އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި