އެންމެ ފަހުން ކެބިނެޓަށް ރައީސް މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާއެކު މަގާމުތަކަށް އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ނިމިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ވަނީ ކުރިން ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ކަމަށް ބަދަލު ކުރައްވާ، ފޮރިން މިނިސްޓަރު ކަމަށް ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލް އައްޔަން ކުރައްވާފަ އެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފަ އެވެ.
މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި އިދާރީ މޭޒުން ވަނީ ރުހުން ހޯދުމަށް އެދި ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީ އިއްވާފަ އެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ތިން ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލަ އާ ގުޅޭ ދާއިމީ ކޮމިޓިއަށް ވަނީ ފޮނުވާފަ އެވެ.
އެމްޕަޔާ ސްޓޭޓަ ބިލްޑިންގެ އެންމެ އުހަށް އެރުމުން ހައްޔަރު ކޮށްފި
'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' އަށް ހެޔޮ ބަދަލުތަކެއް
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟