ކަނޑުމަތީގައި ނިޔާވެފައި އޮއްވާ އިއްޔެ ފެނުނު އިބްރާހިމް ޖައުހަރީ (62އ) އެންމެ ފަހުން ފެނުނީ މަސްބާނަން މޫދަށް އެރި އުޅެނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ހަވީރު 5:06 ހާއިރު، އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީ ނިޔާވެފައި އޮއްވާ ފެނުނީ ކުރީގެ ނޫސްވެރިޔާ، އަދި އެކްޓިވިސްޓް ޖައުހަރީ (ޖައުފަރު) އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްއާއި ހަވާލާދީ ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިއަދު ފުލުހުން ބުނީ އިއްޔެ 15:04 ހާއިރު، އޭނާ ބްރިޖު ކައިރިން މޫދަށް މަސްބާނަން ފޭބީ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ޖައުހަރީ އަކީ ރާއްޖޭގައި އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި ފާހަގަކޮށްލެވޭ މީހެކެވެ. އޭނާއަކީ ނޫސްވެރިކަމާއި ފޮޓޯގްރަފީ މަސައްކަތުގަވެސް އުޅުނު މީހެކެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
10 މީހުންނާއެކު ބޮސްނިއާ ބަލިކޮށް އެމެރިކާ ގަދަ 16 އަށް
އައްޑޫން 3 ވަނަ ޑްރަގް ކެފޭ ބަންދުކޮށްފި