ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީ 26، ކަމަށް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިންނެވެ. މި ހާދިސާގައި ސައިކަލް ދުއްވަންއިން 23 އަހަރުގެ ޒުވާނާ ވަނީ ނިޔާވެފަ އެވެ. ނިޔާވީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ލ. އިސްދޫ، ހަސަން ސަމާހް އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު 19 އަހަރުގެ ފިރިހެނަކަށް ދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.
އީރާނުން އެމެރިކާގެ މަނަވަރަކަށް މިސައިލް ހަމަލާތަކެއް ދީފި
އަދަދު ނޫހުން ނިންމީ ލެޕްޓޮޕްތަކުގެ ޕާސްވޯޑް ނުދޭން
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު %24 ދަށް