މީހަކު ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝްކާޑުން ފައިސާ ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާ ފޭރުނު މައްސަލާގައި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 43 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދެ ފިރިހެނުން މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ފޭރިގަތީ ކިހާ ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލްތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް، ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.
ސިދާތު އާއި ކިއާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
އަތޮޅުތެރެއަށް ކުރާ ކެމްޕޭން ދަތުރުތައް މީކާއީލް މިއަދު ފަށަނީ
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި