މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ޕީއެންސީން ކާމިޔާބު ކޮށްފި އެވެ.
އެގޮތުން މައްޗަން ގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ފާތިމަތު އިޝާން އެވެ. ހެންވޭރު ހުޅަނގު ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވި އިރު ހުޅުމާލެ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގަތީ އަލީ އައިމަން އެވެ.
މި އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބެއް ނުވި އެވެ.
މިއަދު އޮތް އިން ކުޅުދުއްފުށި އުތުރު ދާއިރާގެ ބައިލެކްޝަންގެ ގޮނޑިވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަހުމަދެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ އިތުރުން، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލް ގޮނޑިއާއި މާލެ ސިޓީ ކައުންސިލްގެ 3 ގޮނޑި ހުސްވެފައިވަނީ ކުރިން އެ ކައުންސިލް ތަކުގައި ތިއްބެވި މެންބަރުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ މަޖިލިސް ގޮނޑިއަށް އިންތިހާބުވެ ވަޑައިގަތުމުންނެވެ.

މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
ހަމަލާއަކާ ގުޅިގެން ދުބާއީ އެއާޕޯޓުން ފްލައިޓްތައް ކެންސަލްކޮށްފި