ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ފުލުހުންނަށް ދެ ޑްރޯން މިއަދު ހަދިޔާކޮށްފި އެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ފުލުހުންނަށް ދިން ހަދިޔާއެކެވެ.
ހޯމް މިނިސްޓްރީން ބުނީ މި ދެ ޑްރޯން ބޭނުން ކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިން ޕޮލިސް ޑިވިޝަނުން ކަމަށެވެ.
ޔޫއެންއޯޑީސީއިން ހަދިޔާކުރި ޑްރޯންތަކާއި ހަވާލުވުމަށް އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާ އެވެ.
ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ދެ ޑްރޯނެެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގަ އެވެ.
ޔޫއެންއޯޑީސީން މީގެކުރިން ވަނީ ދިވެހި ފުލުހުންނަށް ޑިޖިޓަލް ސްކްރީނާއި 16 ބޮޑީ-ވޯން ވެސްޓް ހަދިޔާކޮށްފަ އެވެ.
61 އަހަރުގައި އާމިރު ކުރި ކައިވެނީގެ ބައެއް ސިއްރުތައް!
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟
މާރާމާރީ ހިންގަން ރާވާ ކަމުގެ ތުހުމަތުގައި 6 ޒުވާނަކު ހައްޔަރު