މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ ރިޕޯޓުކުރަން ފުލުހުން އެދިއްޖެ އެވެ.
މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހު އެވެ.
ފުލުހުން މިއަދު ބުނީ ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އެހެންވެ، އެފަދަ މީހެއް ވާ ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާ ކުރަން އެދުނެވެ.
އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ މީހެއް ނަމަ، މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފަ އެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އެ މައްސަލައިގައި އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ފުލުހަށް އެންގީމަ އެ ލާރި އަނބުރާ ލިބޭތަ. ހިޔާ ފްލެޓް ހަދަން އެޕިކް އޭ ކިޔާތަނަކުން ލާރި ނަގާފަ ލަނޑުދިން މީހުންނަށް އަދިވެސް ލާރިނުދޭ އެމީހުން ކުށްވެރިވެގެން ގެންދިޔަ ފުލުސް އޮފީހެއް ނެތް..މި ރާއްޖޭގަ ވައްކަން ކުރާ ބައެއް މީހުންނަށް ވަރަށް ފަސޭހައިން އުޅެވޭނެ