ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ޑްރެޖަރުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ.
އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ދެން ދުވަހަކު ވެސް ޑައިރެކްޓެއް ނުކުރާނަން: މަހޭޝް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކްއެއް ނުފެނުނު!
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި