އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނަޒުރާ ނަސީމް (ނަޒޫ) އަށް ޕީއެންއެފުން ތާއީދުކުރުމަށް ނިންމައިފި އެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ރާއްޖެއިން ބުނަމުން ދަނީ ރައީސް މުހައްމަދު މުއިއްޒު އަށް ނޫނެކޭ ކަމަށެވެ. އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާއްދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން، ނަޒުރާ ނަސީމަށް ތާއީދު ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
ނަޒުރާ ނަސީމަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅެވެ.
ނަޒުރާ ނަސީމަށް ޕީއެންއެފުން ތާއީދު ކުރިއިރު، ފުވައްމުލަކު އުތުރު ދާއިރާއަށް ޕީއެންއެފްގެ ތާއީދާއެކު ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީންއަށް އެމްޑީޕީން ވަނީ ތާއީދު ކޮށްފަ އެވެ. އެ ދާއިރާއަކީ އެމްޑީޕީން ވާދަ ނުކުރާ ދާއިރާއެކެވެ.
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
މިސްރުގެ ކާމިޔާބީ ހާއްސަކުރީ ފަލަސްތީނުގެ ރައްޔިތުންނަށް