މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ ފެށިގެން މާރިޗް މަހުގެ ނިޔަލަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެތަކެތި ފުލުހުންނާ ހަވާލު ކުރެ އެވެ. މިގޮތުން އެންމެ ފަހުން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 12 މާޗުގައި ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުންނެވެ. އެ ފަހަރު 5.30 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވެ އެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް
ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ
