ދެ ގައުމަކަށް ސަފީރުން އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.
އެގޮތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކުގެ ދާއިމީ މަންދޫބެއްގެ ގޮތުގައި މ. ވިލާދަށުގެ ޑރ. ސަލްމާ ރަޝީދެވެ. އަދި މއ. ދިލާސާގެ މުހައްމަދު ލުވައިޒް ސިންގަޕޫރުގައި ހުންނަވާ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ވެސް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
މި ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލުވައިޒް ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވައިފަ އެވެ.
ހުޅުމާލެ މަގުތައް ހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
ވަކިކުރީ މާ އަވަހަށް އޮފީހަށް ދާތީ!