ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ދެ ކާރު ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި އެއް ކާރު ފިލައިފި އެވެ.
އެ އެކްސިޑެންޓް ހިނގީ ކަމާލްދީދީ ސްކޫލް ކައިރިން ރޭ، 11:40 ހާއިރު އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ކާރު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވުމާ އެކު މަޑުނުކޮށް އަނެއް ކާރު ފިލީ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ކާރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކްސިޑެންޓުވި އެއް ކާރު ޖެހުނީ ކާމިލް ދީދީ ޕްރީ ސްކޫލުގެ ފާރެއްގަ އެވެ. އެ ކާރުން ޖެހި ސްކޫލުގެ ފާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އެކްސިޑެންޓާ ގުޅިގެން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި
ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް ކޯޓަށް
ދޫނިދޫގައި ބަންދުކުރާ މީހުނަށް އަނިޔާކުރާކަން ހާމަވެއްޖެ