ރައީސް މުހައްމަދު މުއިއްޒު ކެބިނެޓްގައި ހިމެނޭ ފަސް މިނިސްޓަރަކު މިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.
ޕީއެންސީއަށް ސޮއިކޮށްފައިވަނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އާއި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އެވެ.
މީގެ އިތުރުން ވެސް ކުރިއަށް އޮތްތަނުގައި އެޕާޓީއަށް އިތުރު މިނިސްޓަރުން ސޮއިކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާކޮށްފި
އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމަކީ އެކުވެރި މާހައުލެއްގައި ކުރެވުނު ބިނާ ކުރުވަނިވި، މަޝްވަރާތަކެއް ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާއި ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް
މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި އެންމެންނަކީ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އަމީނީ މަގުގެ ނުނިމިވާ ދެ ސެގްމެންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މަސައްކަތުގެ ކޮންޓްރެކްޓާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޕޮލިސް ކޮމިޝަނަރަކު އައްޔަންކުރުން އަވަސްކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޕޮލިސް ކޮމިޝަނަރަކު އައްޔަންކޮށްފައި ނުވުމަކީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށެވެ. އެހެންކަމުން ޕޮލިސް ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް އެ ޕާޓީއިން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމް/ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް އާޒިމާ
ޕީޕީއެމް/ޕީއެންސީން ބުނީ ވަގުތު ހަމަވިއިރު މޭޔަރުކަމުގެ މަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ އާޒިމާ އެކަނިކަމަށެވެ. މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޕީޖީއަށް ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށައަޅައިފި
ޕީޖީ އޮފީހުން ބުނީ އިއްޔެ އެކަނިވެސް ފެނަކާގެ 3930 މުވައްޒަފަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށައަޅާފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށައެޅި ދުވަސް ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. އެއީ ގާތްގަނޑަކަށް އެ އިދާރާއަށް އަހަރަކު ހުށަހަޅާ ޖުމްލަ ފޯމުގެ 30 ޕަސަންޓް އެވެ. އެކަމަކު ފެނަކަ އިން ހުށަހެޅި ފޯމުތަކުގެ ތެރެއިން 3،419 ފޯމުގެ ރެކޯޑް ސާފުކޮށްދީފައިވާ ކަމަށާއި އެއީ މުވައްޒަފުން ރޭގަނޑުވެސް އޮފީހުގައި މަސައްކަތްކޮށްގެން ވީވަރު ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
މުދާތައް ހޯދަން މަންޑޭ ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަގުބޮޑު މުދާތައް އެއް އަހަރު ދުވަހަށް ހިފަހެއްޓި އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ވިޕާ ހިލާފުވި ޖާބިރާއި ޝިޔާނަށް ފިޔަވަޅު އަޅަނީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ޕާޓީއަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިޕްލައިނާ ހިލާފުވެފައި ވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޒު
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޒު ހަމަޖައްސަވައިފި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު ހަމަޖެއްސިކަން މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.