އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ތޮލާލް އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ތޮލާލް ވަނީ ގާތްގަނޑަކަށް 12 އަހަރު ވަންދެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަން ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރުކަން ވެސް ކުރެވި އަދި އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ މެންބަރު އިބްރާހިމް އާމިރު (ސަލްސާ) އިއްޔެ ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ފާޑުކިޔަނީ
ކަރަންއާއި ރަންބީރު އަހަންނާ ޖައްސާލައިގެން އުޅުނު: ރަންވީރު
ސްކޫލްތައް އޭސީކޮށް ނިމޭނެ ތާރީހެއް ނޭނގޭ: މިނިސްޓަރު