ހިންދޫ ދީނުގެ ފާދިރީއެއް ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ކުރިޔަށް ގެންދަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓަރެއްގައިވާ ގޮތުން ހިންދޫ ދީނުގެ މިހަރަކާތްތައް ކުރިޔަށް ގެންދަނީ މާލޭގައި ހިންގާ އުނިމާ ގްރޭންޑްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން މިހަރަކާތްތައް ކުރިއަށްދާނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މިހަރަކާތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ހިންދޫ ދީނުގެ ތެރެއިން ކަންކަން ކިޔަވައިދެނީ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެކެވެ.
ވަކި ވަރަކަށް ޖާގަހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން މިހާރުން ފެށިގެން އެ ކުލާހުން ޖާގަތައް ކަށަވަރުކުރުމަށް ވެސް އެ ޕޯސްޓަރުގައި އިލްތިމާސް ކޮށްފައިވެ އެވެ.
މިއީ ރާއްޖޭގައި ހިންދޫ ދީން އުނގަންނައިދޭ ކުލާސްތަކެއް މިފަދައިން އާންމުކޮށް އިޝްތިހާރުކޮށްގެން ބާއްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިވެރިކަމުގައި އިންޑިއާއާއެކު އުފެދިފައިވާ ގޮތް ނޭނގޭ ގުޅުމުގެ ސަބަބުން މިފަދަ ވަރަށް ގިނަ ނޭނގާނީ ކަންކަން ހިންގުމުގެ ފުރުސަތު އިންޑިއާ މީހުންނަށް ކުރިއަށް ވުރެ ބޮޑަށް ފަހިވެފައިވެ އެވެ.
މިސަރުކާރުން ވެރިކަމަށް އައުމަށްފަހު އިންޑިއާ އާއިއެކު އޮންނަ ގުޅުން އެތައް ގުނައެއް ވަރުގަދަކޮށް ސަރުކާރުގެ މައްޗަށް އިންޑިއާގެ ނުފޫޒު ރާއްޖޭގައި ވަނީ ވަރުގަދަވެފަ އެވެ
ހިންދޫން އެމީހުންގެ ދީނީ އަޅުކަމެއްގެ ގޮތުގައި ބަލާ ޔޯގާ އިވެންޓެއް މިދިޔަ އަހަރު ދިވެހި ސަރުކާރާއި ގުޅިގެން އިންޑިއާ އިން މިދިޔަ އަހަރު ބޭއްވުމުން ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެހެންވެ މިއަހަރު ޔޯގާ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ހުޅުމާލޭގައި ހުންނަ އިންޑިއާ އެމްބަސީގަ އެވެ. އެހަރަކާތް ކުރިއަށް ގެންދިޔައީ އިންޑިއާ އެމްބަސީ ކައިރީގައި އޮންނަ ހުރިހާ މަގެއް ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެންނެވެ.