ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ގެންދަވަނީ ދައުލަތުގެ ފައިސާ އިން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ. އެކަމުން ާާާާާވާނެ މޮޅެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރާއި ކުޅުދުއްފުށީ ކައުންސިލް ވެސް ވަނީ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއިކޮށްފަ އެވެ.
އެބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ޞޯލިހު އެބޭފުޅުންނަށް ރިޝްވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
މެމްބަރުންނަށް ރިޝްވަތު ދޭ ކަން އެއީ ފެންނާން އޮތް ހަގީގަތަކީ މަޖްލީހުގެ މެމްބަރުން ވަކިކުރެވޭނެ ނިޒާމެއް އޮންނަން އެބަޖެހޭ އެނިޒާމަކީ އެއީ ރިކޯލް ވޯޓަކަށް ރައްޔިތުން ގާތަށް ދިއުން އެކަން ކުރެވެން ޖެހޭނެ ދާއިރާގައި ވޯޓް ލީ މީހުންގެ ދަފްތަރުގައި ވޯޓްލީ އަދަދުގެ %40 މީހުން ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާ އީސީ އަށް ހުށައެޅުމުން އެކަން ވެރިފައި ކުރުމަށް ފަހު އަނެއްކާ ވޯޓަކަށް ގޮސް އެފަދަ މީހަކު މެމްބަރު ކަމުގައި ހުންނަން ފެނޭތޯ ނޫންތޯ ވޯޓަކަށް ދިއުން އެއީ ކުރަން ޖެހޭނެ ކަމެކޭ...