ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ފުވައްމުލަކުގައި މިރޭ ކުރި މުޒާހަރާ ހޫނުވެ، ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުވައްމުލަކުގައި މިރޭ މުޒާހަރާ ކުރިއަށް ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށްދިޔަ ވަގުތު އެވެ. އެ މުޒާހަރާ ހޫނުވީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅަން ފެށުމުންނެވެ.
ފުލުހުން ހުރަސްއަޅަން ފެށުމުން މުޒާހަރާގެ ތެރެއިން ވަނީ ފުލުހުންނާ ދިމާލަށް ގާ އުކާފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.
އަނިޔާ ލިބުނު ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ރައީސް ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގަތް ވަގުތު ވެސް ފުވައްމުލައް ސިޓީގައި މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރަނީ ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފު މައްސަލަ ހުއްޓިފައި އޮތީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.
ގަތަރުގެ އެންމެ ފުރަތަމަ "ސްމާޓް" މިސްކިތް ހުޅުވައިފި
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
ހަށިގަނޑު އަވަހަށް ވަރުބަލި ކޮށްލާ ސިއްހީ 5 މައްސަލައެއް!
